ލީގު 1 - ޕީއެސްޖީ ފަސޭހަކަމާއެކު މޮޅުވިއިރު، އެމްބާޕޭ އަދި ކަވާނީއަށް އަނިޔާވެއްޖެ

ފްރެންޗް ލީގު 1 ގައި ރޭ ޓުލޫޒްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ޕީއެސްޖީއިން ކާމިޔާބުކުރިއިރު، އެކްލަބުގެ އިތުބާރު ދެފޯވާޑުންކަމަށްވާ ކިލިއަން އެމްބާޕޭ އަށާއި އެޑިސަން ކަވާނީއަށް އަނިޔާވެއްޖެއެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 4-0 ގެނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި އެރިކް މެކްސިމް ޕީއެސްޖީއަށް ދެލަނޑު ކާމިޔާބުކޮށްދީފައިވާއިރު، މާކުއިނޯސްވެސްވަނީ ޕީއެސްޖީއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި ޕީއެސްޖީގެ އަނެއްލަނޑަކީ ޓުލޫޒްގެ ޑިފެންޑަރު މެތިއު ގޮންކަލްވެސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ޕީއެސްޖީގެ އިތުބާރު ފޯވާޑު ނޭމާ ރޭގެ މެޗުގައިވެސް ކްލަބުން ފެނިފައިވާއިރު، ނޭމާ އެނބުރި ސްޕެއިންއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކަށް ބަދަލެއް ނާދެއެވެ. އަނެއްކޮޅުން ޓީމުގެ އުންމީދީ ދެފޯވާޑުން އަނިޔާވެފައިވާ މިދަނޑިވަޅުގައި ޕީއެސްކީ ނޭމާ ދޫކޮށްލުމަކީ އެކަމުގެ އަސަރު ހަމަ ޔަޤީނުންވެސް ކުރާނެކަމެކެވެ. އަދި މިދަނޑިވަޅުގައި ޕީއެސްޖީން ނޭމާ ވިއްކާނުލައި ކްލަބުގައި ބެހެއްޓުންވެސް ވަރަށް ގާތެވެ.

މިހާތަނަށް ލީގުގައި ކުޅުނ ތިން މެޗުގަތެރެއިން 2 މެޗު ޕީއެސްޖީވަނީ ކާމިޔާބުކޮށްފައެވެ. އަވޭގައ ރެނެސްއާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ދަށްވެފައިވާއިރު، އެމެޗުން އެކްލަބު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ