އިންޑިއާގެ ރެޖިސްޓްރޭޝަން ނަންބަރެއް ޖަހައިގެން ހުޅުމާލޭގައި ބޭނުންކުރި ކާރެއް ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވީ، ރެޖިސްޓްރޭޝަން ބޯޑު ހަރުނުކޮށް ހުޅުމާލޭ، އަމީން އެވެނިއު ކުރިމަތީގައި ޕާކް ކޮށްފައި އޮތް ކާރެއް ރޭ 23:30 ހާއިރު ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވިއިރު، ނޫސްވެރިން ވަނީ އިންޑީއާގެ ރެޖިސްޓްރޭޝަން ބޯޑާއެކު ހުޅުމާލޭ މަގެއްގެ މަތީގައި ޕާކްކޮށްފައި އޮތް ކާރެއްގެ ފޮޓޯއާއެކު ރޭ އިރާކޮޅު އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ނަމަވެސް ފުލުހުން ޓޯކޮށްފައިވަނީ އެވައްތަރުގެ ރެޖިސްޓްރޭޝަން ބޯޑު ނެތް ކާރެއް ކަމަށް ބުނުމުން ނޫސްވެރިން ވަނީ އެކަމާމެދުގައި އިތުރަށް ސުވާލުއުފައްދާފައެވެ. އެއާއެކު ފުލުހުން ވިދާޅުވީ، "ފުލުހުން ސީންއަށް ދިޔައިރު ނަންބަރު ޕްލޭޓް އޮތީ ނައްޓާލާފައި" ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.




