ޓްވީޓާއި ގުޅިގެން ބާސެލޯނާއިން މަޢާފަށް އެދިއްޖެ

ރެއަލް ބެޓިސް އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ކުރެވުނު ޓްވީޓާއި ގުޅިގެން ރެއަލް ބެޓިސްގެ ފަރާތުން ބާސެލޯނާއިން މަޢާފަށް އެދިއްޖެއެވެ.

މެސީ އަދި ސުއަރޭޒް ނުހިމަނައި ކުޅުނު އެމެޗުން ބޮޑު ކާމިޔާބެއް ބާސެލޯނާއަށް ލިބިފައިވާއިރު، އުފާފާޅުކުރުމުގެ ތެރޭގައި ބާސެލޯނާއިން ކުރި ޓްވީޓެއްގައި ދާދިފަހުން ބާސެލޯނާއިން ގެނައި ރެއަލްބެޓިސްއަށް ކުޅުނު ޒުވާން ޑިފެންޑަރު ޖޫނިއާ ފީޕޯ ފަސް އިނގިލި ދައްކާލައިގެން ހުރި ފޮޓޯއެއް "ޖޫނިއާއަށް އެނގޭ" މިހެން ލިޔެ ޙިއްސާކޮށްފައިވެއެވެ.

އަދި ބާސެލޯނާގެ މިޓްވީޓާއި ގުޅިގެން ރެއަލްބެޓިސްގެ ގިނަ ސަޕޯޓަރުންތަކެއްދަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަން މީސް މީޑިއާގައި ހާމަކުރަމުންނެވެ. ރެއަލްބެޓިސްގެ އުންމީދީ ޑިފެންޑަރު ގެއްލި، ބޮޑު ތަފާތަކުން ބަލިވެ ރެއަލްބެޓިސްއަށް އެފޮޓޯއާއެކު ކުރާނެ އިޙްސާސްތައް ބާސެލޯނާއަށް ދެނެގަނެވުނީ މާފަހުންނެވެ.

ހަމައެއާއެކު ބާސެލޯނާއިންވަނީ އެއީ އެމީހުންނަށް ކުރެވުނު ކުށެއްކަމަށް ބުނެ، ރެއަލްބެޓިސްގެ ފަރާތުން މަޢާފަށްއެދިފައެވެ.

"އެއީ އެއްވެސް ހާލެއްގައި ރެއަލްބެޓިސްއަށް އިޚްތިރާމް ކުޑަކުރުމުގެ ގޮތުން ޙިއްސާކުރި ފޮޓޯއެއް ނޫން. އެފޮޓޯ ޙިއްސާކޮށް ގޯސް ހެދުނީ އަހަރެމެންނަށް. އެރެއަކީ ޖޫނިއާ ފީޕޯއަށް ވަރަށް ޚާއްސަ ރެއެއް." ބާސެލޯނާއިން ބުންޏެވެ.

ރެއަލްބެޓިސް ދޫކޮށް މިދިޔަ އޮގަސްޓްމަހު ބާސެލޯނާއާއި ގުޅުނު ފީޕޯ އެމެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައިވަނީ މެޗުގެ 81 ވަނަ މިނަޓްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ