މ. މުލީ ގެޔަކުން ވަގަށް ނަގާފައިވާ އަގު ބޮޑު ފޯނެއް ފަޅު ގޯއްޗެއްގެ ތެރެއިން ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ 12000 ރުފިޔާގެ އަގުހުރި ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް 2019 އޯގަސްޓު 24 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން 2019 އޯގަސްޓް 26 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިފައިވާ ފޯނު ފަޅު ފަޅުގޯއްޗެއްގައި ފޮރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




