"ލޭޑީ އެންޑް ދަ ޓްރޭމްޕް"ގެ ލައިވް އެކްޝަން ފިލްމްގެ ޓީޒާ ވަރަށް ހިތްގައިމު!

ޑިޒްނީއިން ގެނެސްދެމުން އަންނަ ލައިވް އެކްޝަން ފިލްމްތަކުގެ ލިސްޓަށް އަނެއްކާވެސް މިއޮތީ އިތުރު ފިލްމެކެވެ.

މިފަހަރު ޑިޒްނީއިން މި ގެނެސްދެނީ، 1955 ގައި ގެނެސް ދިން ކާމިޔާބު އެނިމޭޓެޑް ފިލްމް "ލޭޑީ އެންޑް ދަ ޓްރޭމްޕް" ގެ ލައިވް އެކްޝަން ފިލްމެވެ. މިއީ ކުއްތާތަކެއްގެ ލޯބީގެ ވާހަކައެއް ކިޔައި ދިން ރޮމޭންޓިކް މިއުޒިކަލް ފިލްމެކެވެ.

އަސްލު އެކްޓަރުންނާއެކު ގެނެސްދޭ "ލޭޑީ އެންޑް ދަ ޓްރޭމްޕް" ގެ ލައިވް އެކްޝަން ފިލްމްގެ ޓީޒާ މިހާރު ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައިވާއިރު، ޓްރެއިލާ ވަރަށްވެސް އަސަރުގަދަވެފައި ހިތްގަމެވެ.

"ލޭޑީ އެންޑް ދަ ޓްރޭމްޕް" ގެ ލައިވް އެކްޝަން ފިލްމެގެ ލީޑު ރޯލުން ފެނިގެންދާ ތަރިންނަށް ބަލާއިރު ލޭޑީގެ ރޯލަށް ކުޅެދީފައިވަނީ ޓެސާ ތޮމްޕްސަންއެވެ. އަދި ޓްރޭމްޕްގެ ކެރެކްޓަރއަށް އަޑުއަޅާދީފައިވަނީ އެކްޓަރު ޖަސްޓިން ތެރަކްސްއެވެ.

ލޭޑީ އަދި ޓްރޭމްޕް މި ދެ ކުއްތާގެ ލޯބީގެ ވާހަކައާއެކު މި ފިލްމްއިން މި ދެ ކެރެކްޓަރ ގެ އެޑްވެންޗާ ދައްކުވާދޭނެއެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ