ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ހޯމް މިނިސްޓަރަށް ހަމަލާދީފި

ކުރީގެ ހޯމް މިނިސްޓަރ އަހުމަދު އަޒްލީނަށް މީހަކު ހަމަލާ ދީފިއެވެ.

އަޒްލީން ވިދާޅުވީ, އޭނާ އަށް މީހަކު ހަމަލާ ދިނީ އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތީ ހުއްޓާ ގާތްގަނޑަކަށް ރޭ ދަންވަރު 12:20 އެހާކަން ހާއިރު ކަމަށެވެ.

ހަމަލާ ދިން މީހާ ދެފަހަރު އޭނާގެ ގައިގައި ޖެހި ކަމަށާއި، ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އޭނާ ސަލާމަތްކުރީ އެވަގުތު އެ ސަރަހައްދުން ދަތުރުކުރި ފުލުހުންގެ ވެހިކަލެއްގައި ތިބި ފުލުހުންތަކެއް ކަމަށާއި، އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަޒްލީނަށް މިރޭ ހަމަލާދީފައިވާއިރު އެނާ އަކީ ރައީސް ޔަަމީން ސަރުކާރުގެ ހޯމް މިނިސްޓަރ ކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.

އަޒްލީން ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ