މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރުތަކަށް ގުޅުމުގައި ދިމާވި މައްސަލަތައް ހައްލުކޮށްފިއެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވީ، ފުލުހުންގެ ހޮޓްލައިން 119 އަދި 3322111 ނަމްބަރު ފޯނަށް ގުޅުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން ކުއްލި ހާލަތެއް ދިމާވެއްޖެނަމަ 9888999 އަށް ގުޅުމަށް ފުލުހުން އެދިވަޑައިގަތެވެ.
ނަމަވެސް ގަޑިއެއްހާއިރު ފަހުން ދާދި ދެންމެ ފުލުހުން ވިދާޅުވީ، ފުލުހުންގެ ހޮޓްލައިން ނަންބަރުތަކަށް ގުޅުމައި ދިމާވި މައްސަލަތައް ހައްލުކޮށްފައިވާ ކަމަށާއި، ކުއްލި ހާލަތްތަކުގައި 119 އަދި 3322111 އަށް ގުޅުއްވަމުން ގެންދެވުން އެދިލައްވާ ކަމަށެވެ.
މީގެ ކުރިން ވެސް ބައެއް ފަހަރު ފުލުހުންގެ ހޮޓްލައިނަށް ގުޅުމުގައި ބައެއް މައްސަލަތައް ދިމާވެފައިވެއެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އާއްމުގޮތެއްގައި ދިމާވާ މައްސަލަ ހައްލު ކުރެއެވެ.




