ބްރިޖުގެ މާލެއިން ހުޅުލެއަށް ދާ ލޭން ބަންދުކުރަނީ

މާލެ ސިނަމާލެ ބްރިޖު ބޭނުންކުރާތާ 1 އަހަރުވުމާއި ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަންއެއް ހެދުމަށްޓަކައި ބުރިޖުގެ މާލެއިން ހުޅުލެއަށްދާ 2 ލޭން ބަންދުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ ބުރިޖުގެ މާލެއިން ހުޅުލެއަށް ދާ 2 ލޭން ބަންދުކުރެވޭ ގަޑިތަކުގައި ހުޅުލެއިން މާލެއަށް އަންނަ ލޭން ވަގުތީ ގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރުމަށް ހުރިހާ އުޅަނދެއް އެލޭން އިން ދުއްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ސިނަމާލެ ބުރިޖްގެ މާލެއިން ހުޅުލެއަށް ދާ 2 ލޭން ބަންދު ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • 30 އޮގަސްޓް 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް
  • 31 އޮގަސްޓް 2019 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް
  • 06 ސެޕްޓެމްބަރު 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް

އަދި އެސަރަޙައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދަށް ތަބާވެ، ބްރިޖުގެ މަތިން ދަތުރުކުރުމަށް ގެނެވުނު ބަދަލުތަކާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް ޓްރާންސްޕޯޓް އޮތޯރިޓީންވަނީ އެދިލައްވާފައެވެ.

މީގެއިތުރުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށްވެސް އެއޮތޯރިޓީން ޝުކުރު ދަންނަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ