3.5 މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލައިފި

3.5 މިލިއަން ރުފިޔާ ބަނގުރާ ފުލުހުން މިއަދު ނައްތާލައިފިއެވެ.

ފުލުހުންވިދާޅުވީ، މިތަކެއްޗަކީ 2010 އިން މިއަދާއި ހަމައަށް ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ 689 މައްސަލާއަކާއި ގުޅިގެން އަތުލައިގެންފައިވާ ތަކެތިކަމަށެވެ. އަދި މީގެތެރޭގައި އެކި ބާވަތްތަކުގެ 8627 ބަނގުރާފުޅި ހިމެނޭކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިބަނގުރާ ނައްތާލެވިފައިވަނީ މިއަދު ދޫނިދޫގައިއެވެ. އަދި މިއަދު ނައްތާލުވެނު ބަނގުރަލުގެ މަގުމަތީ އަގު ގާތްގަނޑަކަށް 3،528،000 ރުފިޔާއަށް އަރާނެކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ