އިޓާލިއަން ސީރީއާގައި ރޭ ނަޕޯލީ އަދު ޔުވެންޓަސް ބައްދަލުކުރިން މެޗުން ހަނި ގޮތަކަށް ޔުވެންޓަސް މޮޅުވެއްޖެއެވެ.
ޔުވެންޓަސް ދަނޑުގައި ކުޅުނު މިފޯރިގަދަ މެޗު އެކްލަބުން ކާމިޔާބުކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުނެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ވަރުގަދަ ކުޅުން ފެނުނުއިރު ފުރަތަމަ ހާފު ނިންމާލާފައިވަނީ 2-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފު ޔުވެންޓަސްއިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޑަނީލިއޯ، އަދި ހިގުއައިންއެވެ. ރޭގެ މެޗަކީ ޑަނީލިއޯ ޔުވެންޓަސް ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.
ނަމަވެސް އާހިތްވަރަކާއެކު މުޅިން އާޖޯޝެއްގައި ދެވަނަ ހާފަށް ނުކުތް ނަޕޯލީއިން ދެވަނަ ހާފުގައި ކުޅުން ވަރަށް ރަނގަޅުކުރިއެވެ.
ދެވަނަ ހާފުގެ ފުރަތަމަ ލަނޑުވެސް ނަޕޯލީ ކޮޅަށް ވަދެގެން ދިޔައިރު، މިލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ ކުޑައިރކޮޅެއް ފަހުން ނަޕޯލީން ފުލުފުލުން ލަނޑެއްޖަހައި އަލުން ގޭމްގެ ތެރެއަށް ވަނެވެ. މިދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮނަލަސް އާއި ލޮޒާނީއެވެ.
ޔުވެންޓަސް ސިއްސުވާލުމަށްފަހު ފަހަތުންއަރައި ނަޕޯލީން ނަތީޖާ ހަމަހަމަކުރީ 81 ވަނަ މިނަޓްގައި ޑިލޮރެންޒޯ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ނަމަވެސް ނަސީބު ދެރަކަމުން މެޗު ނިމިގެންދިޔައީ މެޗުގެ އިތުރު ވަގުތުގައި ނަޕޯލީގެ ޑިފެންޑަރު ކޫލިބަލީއަތުން ބައިކޮޅަށް ވަތް ލަނޑަކާއެކު 4-3 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެގެންނެވެ.
ނިއުމޯނިއާއަށް ފަރުވާ ހޯދަމުން އަންނަ ސާރީ ރޭގެ މެޗުގައިވެސް ޔުވެންޓަސް އިރުޝާދު ދީފައެއްނުވެއެވެ. ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ޔުވެންޓަސްވަނީ ކާމިޔާބުކޮށްފައެވެ.




