ރ.އަލިފުށި، ކިނާރާ، ޢަލީ ނަޛީރު

ފުލުހުން އަލިފުށީ މީހަކު ހޯދަން ފޮޓޯ ޢާއްމުކޮށްފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ އަލިފުށި މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފޮޓޯއާއި ވަނަވަރު ޢާއްމުކޮށް ފުލުހުން ހޯދަމުންދަނީ ރ.އަލިފުށި / ކިނާރާ، ޢަލީ ނަޛީރު (37އ) އެވެ.

"އަލީ ނަޛީރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރ 4 ވަނަ ދުވަހުގެ 10:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.

ޢަލީ ނަޛީރާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު ދަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. އެމީހާ

    އެމްޕީއެލް ގަ އުޅޭނީ

  2. ރާއްޖެތެރޭ މީހާ

    ތިމީހާ **** ފާފަ ނުވާނެ..މީހުން މުޅި އުމުރު ހުސްވަންދެން އެއްކުރި ލާރިކައިގެން ދުވާ ގޮލައެއްތީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ