ގެއްލިފައިވާ އަޙްމަދު ރިލްވާން ޢަބްދުﷲ

ރިލްވާން މައްސަލައިގެ ހުރިހާ ހެއްކާއި ޤަރީނާ ވާނީ ކޮމިޝަނާ ހިއްސާކޮށްފައި - ފުލުހުން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަޙްޤީޤަށް ފުލުހުން ހޯދާފައިވާ އެންމެހާ ހެއްކާއި ޤަރީނާތައް މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނާ ހިއްސާކޮށްފައިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ، މ.ޝައިނިންގސްޓަރ، އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލަ ތަޙްޤީޤުކޮށް ޢާއްމުކޮށްފައިވާ މަޢޫލޫމާތާއި ގުޅިގެން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަން އުފެއްދުމާއެކު އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް އެއްކުރެވިފައި ހުރި ހުރިހާ ހެއްކާއި ޤަރީނާ އަދި މަޢުލޫމާތު، ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އެ މައްސަލައާއި ގުޅިގެން އެކޮމިޝަނުން ކުރަމުން އަންނަ ތަޙްޤީޤަށް މިސަރވިސް މެދުވެރިކޮށް އިތުރަށް ހޯދަން ބޭނުންވާ މަޢުލޫމާތާއި ސާފުކުރަންޖެހޭ ކަންކަމާއި އަދި އޮޕަރޭޝަނަލް އެހީތެރިކަން މިސަރވިސްއިން މިދަނީ ފޯރުކޮށްދެމުން." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ފުލުހުން ހޯދާފައިވާ އެންމެހާ ހެއްކާއި ޤަރީނާތައް މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނާ ހިއްސާކޮށްފައިވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެފައި މިވަނީ، އިއްޔެ ކޮމިޝަނުން ހާމަކޮށްފައިވަނީ ފުލުހުން މީގެ ކުރިންވެސް ހޯދާފައިވާ ކަންކަން ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ