2019 އޮގަސްޓް 31 ވަނަ ދުވަހު ގެއްލުނު ފޯނެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، 2019 އޮގަސްޓް 31 ވަނަ ދުވަހު ފޯނެއް ގެއްލިގެން ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ގެއްލުނު ފޯނު 2019 ސެޕްޓެމްބަރު 2 ވަނަ ދުވަހު ހޯދާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



