ވެސްޓްމިންސްޓަރ ސިޓީގެ "ބަކިންހަމް ޕެލެސް" ގައި ހުންނަ ލަކްޝަރިއަސް ރެސްޓޯރެންޓެއްގައި ވަރަށް މަތީ ފަންތީގެ ހާއްސަ ސައިފަތަކުން ތައްޔާރުކޮށްފައިވާ ސައިގެ ބާވަތެއް ދަނީ ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް މި ސައިތަށީގެ އަގު ރަނަށްވުރެ އަގުބޮޑެވެ.
"ގޯލްޑެން ޓިޕްސް" ގެ ނަމުން އާ ވައްތަރުގެ ސައިފަތުން ތައްޔާރުކޮށްފައިވާ ސައި މި ރެސްޓޯރެންޓުން ލިބޭއިރު، މި ސައިފަތުގެ ނަމެކޭ އެއްގޮތަށް މި ސައިފަތުގެ އަގު ވަރަށް ބޮޑެވެ.
އެގޮތުން މި ސައިފަތުގެ ގްރާމެއްގެ މިންވަރުވެސް ލިބެނީ 200 އެމެރިކާ ޑޮލަރަށްކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މިއީ ރަނުގެ އަގުގެ 4 ގުނައަށްވުރެ ބޮޑު އަދަދެކެވެ.
މި ހާއްސަ ސައިފަތުގެ ބާވަތް ހިމަނައިގެން ސައިތައްޔާރުކުރާ މި ރެސްޓޯރެންޓްއިން، މި އަގުބޮޑުސައި ބުއިމަށް އޯޑަރު ކުރާ ކަސްޓަމަރުންނަށްވެސް ރެސްޓޯރެންޓްގެ ވެއިޓަރުން ދެނީ ވަރަށް މަތީ ފަންތީގެ ހިދުމަތެކެވެ.

މި އަގުބޮޑު ސައިފަތުގެ ނަމެކޭ އެއްގޮތަށް، މި ސައިފަތް ހޫނުފެނަށް ލުމުން އަރަނީވެސް ރަން ކުލަޔަށްދާ މަޑު ކުލައެކެވެ.
މި ސައިފަތަކީ ހަމައެކަނި ސްރީލަންކާގައި ހެދިފައި ހުންނަ ސައިފަތުގެ ބާވަތެކެވެ. އަދި ސައިފަތް އުފުރާއިރު، އުފުރަނީ ސައިފަތް އުފުރުމަށް އެންމެ ފުރިހަމަ ދުވަސްވަރުއެވެ. އަދި ސައިފަތް ހިއްކަނީވެސް މަހުމާ ފޮތީގައި ކަމަށް މައުލޫމާތު ލިބެއެވެ.





ހިޔާލު
Shytte haadha molheyyy