މާންދޫއަށް މަސް ގަތުން ކޮންޓްރޯލް ކޮށްފި

ހޮރައިޒަން ފިޝަރީޒް އިން ހިންގަމުން އަންނަ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސް ގަތުން ކޮންޓްރޯލް ކޮށްފިއެވެ.

މާންދޫ ފިޒަރީޒް ކޮމްޕެލެކްސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، މަސް ގަތުން ކޮންޓްރޯލް ކުރަންޖެހިފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑުތަނުން ދަށްވެފައިވާތީ، މަސް ބޭރުނުކުރެވި، އަދި މަސް ބަންދުކުރުންވެސް މަޑުޖައްސާލަން ޖެހުމުން މާންދޫގައި މަސް ރައްކާކުރާ ސްޓޯރުތައް މިހާރު ވަނީ ފުރިފައި." މާންދޫ ފިޒަރީޒް ކޮމްޕެލެކްސްގެ އިއުލާނުގައި ބުނެފައިވެއެވެ.

އެ މަސް ފެކްޓްރީން ބުނީ، ބާޖެއް ގެނެސް މަސް އެރުވުމުގެ އިންތިޒާމްތައް މިހާރު ކުރަމުންދާ ކަމަށެވެ.

"4 ސެޕްޓެމްބަރު 2019 އިން ފެށިގެން ދޯންޏަކުން ދުވާލަކު 1 ޓަނު މަސް ކިރާގޮތަށް ހަމަޖައްސާ އެކަން އެންގުމަށްޓަކައި އިޢުލާން ކުރިން." މާންދޫ ފިޒަރީޒް ކޮމްޕެލެކްސްގެ އިއުލާނުގައި ބުނެފައިވެއެވެ.

ހޮރައިޒަން ފިޝަރީޒް އަކީ މިފްކޯ އަށް ފަހު މަސް ގަންނަ އެންމެ ބޮޑު ކުންފުންޏަށްވާއިރު، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހޮރައިޒަން އިން ހިންގާ މަސް ފެކްޓްރީ އަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް މަސް ފެކްޓްރީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ