ކައިޒީންއަކީ މިހާރު ދިވެހިންނަށް އާ މޫނަކަށް ނުވާނެއެވެ. މަޝްހޫރު އަންހެން މޮޑެލް ކައިޒީން(ކައި)ގެ ވާހަކަތަކަކީ ސޯޝަލްމީޑިއާގައި ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެކެވެ. އެގޮތުން ކައިޒީންގެ މި ގެނެސްދޭން އުޅޭ ވާހަކައަކީ އޭނަގެ ފޭނުންނަށާއި ހަތުރުންނަށް ފަހަރުގައި އުފާވެރި ހަބަރަކަށްވެސްވެދާނެއެވެ.
މީގެ އަހަރުތަކެއްކުރިން ޒަވާޖީ ހަޔާތެއް ފަށާފައިވީނަމަވެސް ކައިޒީން މިހާރު ހުރީ ހުސްކޮށެވެ. ކައިޒީން ހުރީ ސިންގަލްކޮށް ކަން ދިވެހި ނޫސް "ދޯ" އަށް އޭނަ މިއަދު ވަނީ ޔަގީންކޮށްދީފައެވެ.
ކައިޒީން އާއި ޖޯޑަންގެ ކައިވެނީގެ ގޮށް މިހާރު މޮހިފައިވާކަން އޭނަ ޔަގީންކޮށްދީފައިވީނަމަވެސް، އެ ވާހަކަ އިތުރަށް ދައްކާކަށް ކައިޒީން ބޭނުމެއްނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި، ކައިޒީން އާއި ޖޯޑަންގެ ކައިވެނީގެ ގުޅުން ރޫޅުނުތާ މިހާރ ގާތްގަނޑަކަށް މަހެއްހާދުވަސްވެދާނެއެވެ. މިކަން ކައިޒީން ގެ އޮފިޝަލް އިންސްޓަގްރަމް އެކައުންޓް ބަލާލުމުންވެސް އެނގިގެންދާނެއެވެ.
View this post on InstagramHim: I really love reading newspapers
A post shared by KAIZEEN (@kai_zeen) on
ކައިޒީންގެ އިންސްޓަގްރަމްގައި އެކައުންޓްގައި ކުރިން ހިއްސާކޮށްފައިވާ ކޮށްފައިވާ އޭނަ އާއި ޖޯޑަން އެކުގައި ނަގާފައިވާ ފޮޓޯތައް މިހާރު ވަނީ ފުހެލާފައެވެ. އަދި ކައިޒީންއަށް ފޮލޯ ކުރާ އޭނަގެ ފޭނުންނަށްވެސް ކުރިން މިކަން ވަނީ ފާހަގަވެފައެވެ.
ކައިޒީންއަކީ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ނޯޓު" ގެ އެމްބެސެޑަރެވެ. މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރި ބްރޭންޑްތަކުގެ އެމްބެސަޑަރުކަންވެސް ކައިޒީން ކުރަމުންއަންއިރު، މިވަގުތު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު މޮޑެލްއަކި ކައިޒީންއެވެ.




