އެނބުރި އަންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ނޭމާ ކުރި : ސުއަރޭޒް

ބާސެލޯނާއަށް އެނބުރި އަންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ނޭމާ ކުރިކަމަށް އެކްލަބުގެ ފޯވާޑު ލުއިސް ސުއަރޭޒް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެނބުރި ސްޕެއިންއަށް އަންނަށް ބޭނުންވެފައިހުރި ނޭމާ އެތަށް ހުށަހެޅުމެއް ލިބުނުއިރު، މިއިން އެއްވެސް ހުށަހެޅުމެއް ޕީއެސްޖީއިންވަނީ ޤަބޫލުނުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ އެންމެ ވަރުގަދަ ދެ ކްލަބުކަމަށްވާ ބާސެލޯނާއާއި ރެއަލްމެޑްރިޑް ހިމެނެއެވެ.

އޭގެތެރެއިންވެސް ބޮޑަށް މަސައްކަތް ކޮށްފައިވަނީ ބާސެލޯނާއިންނެވެ. އެނބުރި ބާސެލޯނާއަށް ދާން ބޭނުންވާކަމަށް ނޭމާ ބުނި ހިސާބުން އެކްލަބުންވަނީ ނޭމާ ހޯދުމަށް އެތަށް މަސައްކަތެއްކޮށް އެތައް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

ބާސެލޯނާގެ މިހުރިހާ ހުށަހެޅުމަކަށްވެސް ޕީއެސްޖީން ނޫނެކޭ ބުނެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން ހުށަހެޅި އަގުގެ އިތުރަށް ނޭމާގެ އަމިއްލަ ފައިސާއިން 20 މިލިއަން ޑޮލަރުވެސްވަނީ ހުށަހަޅާފައެވެ.

"އޭރުވެސް ނޭމާ ގާތު ބުނިން ބާސެލޯނާއަށްވުރެ ރަނގަޅު ޓީމެއް ނޭމާއަށް ނުލިބޭނެޔޭ. އެކަމު އޭނާ ނިންމީ ޕީއެސްޖީއަށް ދާން. އަދި އެނބުރި އާދެވޭތޯ ކުރެވެންހުރި ހުރިހާކަމެއް ނޭމާ ކުރި." ސުއަރޭޒް ބުންޏެވެ.

ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ނޭމާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ