ލ.ހިތަދޫ ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގެ އިންޖީނު ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ، ޑިންގީގެ އިންޖީނު ވަގަށް ނެގި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވަނީ އިއްޔެ ފަތިހު 05:15 ހާއިރު ކަމަށެވެ.
ފުލުހުން ވަނީ ވަގަށް ނެގި ޑިންގީ ހޯދާފައެވެ.
"މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ލ.މާމެންދޫ ގެއެއްގެ ތެރޭގައި ވަގަށް ނެގި އިންޖީނު ފޮނުވާފައި ހުއްޓާ ރޭ 21:25 ހާއިރު ވަނީ ހޯދާފައި." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކަރަމުންދާ ކަމަށެވެ.




