ލިޓަސް ފިހާރަ - ފޮޓޯ: މިހާރު

ލިޓަސް ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފި

މަޝްހޫރު ސައިކަލް ފިހާރަ "ލިޓަސް" އިން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، ލިޓަސް ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއް ރޭ މެންދަމު 03:23 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"މި ވައްކަމުގައި އެ ފިހާރައިގެ ތިޖޫރީގައި ހުރި ގިނައަދަދެއްގެ ދިވެހި ރުފިޔާ ވަނީ ވަގަށް ނަގާފައި." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ