މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ހުޅުމާލޭގައި

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާރު ހުޅުމާލޭގައި ބޭއްވުމަށް ސަރުކާރުން ނިންމަވައިފި އެވެ.

މިނިސްޓްރީ އޮފރް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދަޅުވެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު މި އިޙްތިފާލުގައި މި ސަރަހައްދުގައި މަސްވެރިކަމުގެ ޞިނާއަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމުގެ ގޮތުންކަމަށެވެ.

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު 10 ވަނަ ދުވަހެވެ. މިއަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 39 ވަނަ މަސްވެރިންގެ ދުވަހެވެ. މަސްވެރިކަމަކީ ގިނަ ދިވެހިން އާންދަނީ ހޯދުމުގެ ގޮތުން ކުރަމުންއަންނަ މައިގަނޑު އެއް މަސައްކަތެވެ. މިދާއިރާގައި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ހަރަކާތްތެރިވަމުންނެވެ.

2018 ވަނަ އަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ބާއްވާފައިވަނީ ގއ. ގެމަނަފުށީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ