ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ރިލްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން މަސްޢޫލިއްޔަތުން ދުރުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން މަސްޢޫލިއްޔަތުން ދުރުކޮއްފިއެވެ.

ފުލުހުން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަން އިން އާންމުވި ރިޕޯޓުގައި ހިމެނޭ ދެ އިންޓެލިޖެންސް އޮފިސަރުންނަށް އިދާރީ ފިޔަވަޅު ޢެޅުމަށް މިއަދު އެ ދެ މީހުންވާނީ ފުލުހުންގެ މަސްޢޫލިއްޔަތުން ދުރުކުރެވިފައިވާ ކަމަށެވެ.

މިދެފުލުހުންނަކީ އޭރުގެ އިމިގްރޭޝަންގެ ވެރިޔާއާ ހަސަން އަލީއާ ބައްދަލުކޮއް، ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް މަސައްކަތްކުރި ފުލުހުންނެވެ. އެއީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިރޭ ވަނީ ފުލުހުންނަށް އަންގާފައެވެ.

ރިލްވާނު ރަހީނުކޮށް މަރާލި މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅޮގެން ފުލުހުންގެ އިސްވެރިން މިރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފައެވެ.

ހައްޔަރުކުރުމަށް މިއަދު އަންގަވާފައިވާ ދެފުލުހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ނެގި ކަމަށްވެސް މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މީހުން ހައްޔަރުކުރަން މިއަދު ގޮވާލައްވައިފައެވެ.

މިފުލުހުންގެ އިތުރުން ރިލްވާންގެ މައްސަލާގައި އިތުރު ތިން ފުލުހަކަށް ތުހުމަތު ކުރެވޭއިރު، މިމައްސަލައާއި ގުޅިގެން އެމްއެންޑީއެފްގެ މީހެއްގެ މައްސަލަވެސް ބަލަން އެޖީވަނީ ފުލުހުންނަށް އަންގަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ