ވަގަށްނެގި އައިފޯނަކާއެކު މެދު އުމުރުގެ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ މާފަންނު ފޮލިސްއިން މިއަދު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އެމީހާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވާ ބަލާފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ އައިފޯން 6 އެއް އެމީހާއަތުން ފެނުމާގުޅިގެންނެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 10:05 ހާކަންހާއިރުއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން އިތުރަށް ބެލި ބެލުމުން އެފޯނަކީ މާފަންނު ގެޔަކުން ވަގަށް ނަގާފައިވާ ފޯނެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފޯނު ވަގަށްނެގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްގީގު ކުރަމުންނެވެ.



