ޔޫތް މިނިސްޓަރ މަޙްލޫފް - ފޮޓޯ: ވަގުތު

200 ވޯޓާއެކު ގޮތް ހުސްވީ ޑރ. ޖަމީލް - މަޙްލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ރައްދުދެއްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މަޙްލޫފު ޖަމީލަށް ފާޑުވިދާޅުވެފައިމިވަނީ "ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތްހުސްވެފައިވާކަމަށް" ވިދާޅުވެ ޖަމީލު ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.

ޖަމީލު މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީނާއި އިދިކޮޅު ސިޔާސީ ލީޑަރުންނާއެކު، އެއްނަންބަރު ފާލަމުގައި ހުންނަވައި އިއްޔެ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ޖަމީލަށް ރައްދު ދެއްވައި ޔޫތް މިނިސްޓަރ މަޙްލޫފު ވިދާޅުވީ، ނައިބުރައީސްކަން ކުރެއްވި ބޭފުޅަކަށް ޖަމިލިސް އިންތިޚާބުގައި 200 ވޯޓް ލިބުމަކީ އެމަނިކުފާނަށް ގައިމުވެސް ގޮތް ހުސްވާނެ ކަމެއް ކަމަށެވެ.

މިހުލޫފު މިހެން ވިދާޅުވިއިރު، ޖަމީލު ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވިލި މާލެ ދާއިރާއަށް ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންފައެވެ.

ޑރ. ޖަމީލު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއެކު، ކެމްޕެއިން ކުރައްވައި އެއަހަރުގެ އިންތިހާބު ކާމިޔާބުކުރައްވައި، ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްކަން ކުރައްވާފައެވެ. ނަމަވެސް ޕާޓީގެ އެތެރޭގައި އުފެދުނު ކޯޅުންތަކުގައި ޖަމީލަށްވެސް ތުހުމަތުތަކެއް ކުރެވުމާއިއެކު، އެމަކުފާނު ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެން އެ ޤައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

ޑރ ޖަމީލަށް އިތުބާރުނެއްކަމަށް ބުނެ ޔާމީންގެ ސަރުކާރުންވަނީ ނައިބުރައީސްކަމުގެ މަޤާމުން ޖަމީލު ދުރުކޮށްފައެވެ. އެއާއިއެކު ރާއްޖެއިން ބޭރުގައި ހުންނަވާ ޔާމީންގެ ސަރުކާރު ބަލިކުރުމަށް ގުޅިފައިވާ ޕާޓީތަކުން އުފެއްދި އިދިކޮޅު ކޯލިޝަނުގައި ޖަމީލު ވަނީ އިސްކޮށް މަސައްކަތް ކުރައްވާފައެވެ.

މިސަރުކާރަށް 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ޖަމީލް ކޮށްދެއްވާފައިވާއިރު، ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވާ ގޮތާއިމެދު ހިތްމަޖެހިވަޑައިނުގަތް، ޖަމީލް މިހާރު މަސައްކަތް ކުރައްވަމުންދަނީ ރައީސް ޔާމިންގެ ފަހަތްފުޅުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ