ޕީއެންސީން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު އިންތިހާބުކޮށްފިއެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ވިލިމާފަންނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން އެ ޕާޓީން ވަކިވެ ވަޑައިގަތުމާ ގުޅިގެންނެވެ. ޕީއެންސީން ވަކިވުމަށްފަހު ނިހާން ގުޅިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީ އަށެވެ.
https://twitter.com/SpokespersonPnc/status/1171026312883867651?s=20
ޕީއެންސީން މިއަދު ބުނީ ނިމާލް އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން އަޣުލަބިއްޔަތު ހޯއްދަވައިގެން ކަމަށެވެ.
މީގެކުރިން ޕީޕީއެމްގައި ހުންނެވި ނިމާލް ވަނީ މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބުގެ މަގާމުވެސް އަދާކުރައްވާފައެވެ.



