ޔޫރޯ ކޮލިފައިން - ބެލްޖިއަމް އަތުން ބޮޑު ތަފާތަކުން ދަށްވެ، ސޮކްޓްލޭންޑަށް ހާސްކަން!

ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުން ވަރުގަދަ ބެލްޖިއަމް އަތުން ބޮޑު ތަފާތަކުން ދަށްވެ، ސޮކްޓްލޭންޑަށް ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭގެ މިބައްޔާއެކު ގްރޫޕްގެ ދެވަނައަށް އެރުމުގެ ފުރުޞަތު ސްކޮޓްލޭންޑަށް ގެއްލިފައިވާއިރު، ކޮލިފައިވެވެން އޮތް ހަމައެކަނި ގޮތަކީ އަންނަ އަހަރުގެ މާރޗްމަހުގައި ކުޅޭ ޕްލޭ އޮފް މެޗުން މޮޅުވުމެވެ. މިދިޔަ ޔޫއެފާ ނޭޝަންސް ލީގުން ސްކޮޓްލޭންޑް ހިމެނޭ ގްރޫޕްގެ އެއްވަނަ އެޓީމަށް ލިބިފައިވުމުން ޔޫރޯ 2020 ގެ ޕްލޭއޮފްއަށް ސްކޮޓްލޭންޑްވަނީ އޮޓޮމެޓިކުން ގޮސްފައެވެ.

އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުން ސްކޮޓްލޭންޑް ބަލިވެފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ. ބެލްޖިއަމްގެ ލަނޑުތައް ޖަހާދީފައިވަނީ ލުކާކޫ، ވާމައެލަން، ޓޯބީ އަދި ކެވިން ދި ބްރޫނޭއެވެ.

މިއީ މިކަހަލަ ބޮޑު މުބާރާތެއްގައި އަމިއްލަ ދަނޑުގައި މިހާބޮޑު ތަފާތަކުން ސްކޮޓްލޭންޑް ބަލިވި ފުރަތަމަ ފަހަރެވެ. ސްކޮޓްލޭންޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެތެރެއިން ތިން މެޗުންވަނީ ބަލިވެފައެވެ.

"މިހާރު މިއޮތީ ތާވަލްގެ ވަރަށް ދަށުގައި. މިވަގުތު ބާކީ ހުރި މެޗުތަކުން މޮޅުވެ ތިންވަނަ ހޯދަން މަސައްކަތްކުރަންވީ. އޭރުން ޕްލޭ އޮފް އަށް ދާއިރު ޓީމަށް އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިގެންދާނެ." ސޮކްޓްލޭންޑް ކޯޗު ސްޓީވް ކްލާކް ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ