ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.
މިއަދު ހުވައިކޮށްފައިވަނީ 50 ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންގެ ޚިދުމަތާ ގުޅުނު 16 ފުލުހުންނެވެ. ހުވައިކުރި ފުލުހުންގެ ތެރޭގައި ހިމެނެނީ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި އެކިއެކި ސަބަބުތަކާހުރެ ކުރިން ހުވައި ނުކުރެވި ވާ ފުލުހުންނެވެ.

ހުވައިކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ހުވައިގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ



