މަޙްލޫފްގެ މަންމަ - ފޮޓޯ: އަވަސް

މިއަދުވެސް ފޭރުމުގެ ދެ މައްސަލަ، މިނިސްޓަރ މަޙްލޫފްގެ މަންމަގެ އަތްދަބަސްވެސް ފޭރިގަނެފި

މާލޭ މަގުމަތިން މިއަދުވެސް ފޭރުމުގެ ދެ މައްސަލައެއް ފުލުހުންނަށް ހުށަހަޅިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

މަޙްލޫފްގެ މަންމަގެ އަތްދަބަސް ފޭރިގަނެފައިވަނީ ގަލޮޅުގައި ހުންނަ އިޙްސާން ފިހާރައިން ބާޒާރުކޮށްގެން ނިކުތް ތަނާއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 09:37 ހާއިރު ބަންގުލަދޭޝް އެމްބަސީ ކައިރިން ސައިކަލެއްގައި ދިޔަ ދެމީހުން، އަންހެނެއްގެ އަތްދަބަސް ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މީގެ އިތުރުން މިއަދު ހެނދުނު 08:33 ހާއިރު ކަލާފާނު ސްކޫލް ކައިރިން ސައިކަލެއްގައި ދިޔަ ބަޔަކު، އަންހެނެއްގެ އަތުގައި އޮތް ވޮލެޓް ފޭރިގަތް މައްސަލަވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައި ނުވާއިރު، އެ މައްސަލަތައް ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ