މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤު ކުރާ ކޮމިޝަނުގެ ބޭނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ ޚާއްޞަ އޮޕަރޭޝަން މިއަދުވެސް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މަރު ކޮމިޝަނުގެ ބޭނުންމަށް އެ ސަރވިސް އިން ހިންގާ ޚާއްޞަ އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
ފުލުހުން މިއަދު ފެށި އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ވަދެފައިވަނީ މަރު ކޮމިޝަނުން އާއްމުކުރި ރިޕޯޓްގައި މިނިވަން ފިކުރާއި ދެކޮޅު މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) ގެ ގެއަށެވެ.
އޭނާއަކީ ސީރިއާ އަށް ދިއުމަށް ތުރުކީ ބޯޑަރު ހުރަސްކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލި މައްސަލައިގައި ދައުވާ އުފުލި ނަމަވެސް ތުރުކީ ސަރުކާރުގެ ލިޔުމެއް ނުލިބިގެން ދައުވާ ފަހުން ބާތިލް ކުރި މީހެކެވެ.
މަރު ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާއަކީ ފުރުގާން މިސްކިތްދޮށުގައި ހަރަކާތްތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ މެންބަރުންގެ ތެރޭގައި ހިމެނޭ އަދި 2011 ވަނަ އަހަރު ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބޭއްވި މުޒާހަރާ އާއި ދެކޮޅަށް ނިކުތް މީހެކެވެ.
ރޭ ފުލުހުން ފެށި ޚާއްޞަ އޮޕަރޭޝަނުގައި މާލެއާއި އައްޑޫ ސިޓީގެ ނުވަ ތަނެއް ބަލާ ފާސްކޮށްފައިވާއި ވީނަމަވެސް މިހާތަނަށް މި އޮޕަރޭޝަންތައްކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.




