ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން - ފޮޓޯ: ޕޮލިސް

ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނަށް ކަނޑުމައްޗަށް ނިކުމެއްޖެ

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤު ކުރާ ކޮމިޝަނުގެ ބޭނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ ޚާއްޞަ އޮޕަރޭޝަން ފުލުހުން ކަނޑުމައްޗަށް ނިކުމެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަރު ކޮމިޝަނުގެ ބޭނުމަށް މިހާރު މާލޭގެ ތިން ގެއެއް ބަލާ ފާސްކުރަމުންދާ ކަމަށާއި، ކަނޑުމަތީގައިވެސް އިތުރު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.

ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނަށް ކަނޑުމަތީގައި - ފޮޓޯ: ޕޮލިސް

ފުލުހުން މިވަގުތު މާލޭ ސަރަހައްދު ކަނޑުމަތީގައި ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނުގެ ތަފްސީލު ނުލިބު ނަމަވެސް، މިވަގުތުވެސް އޮޕަރޭޝަން ކުރިއަށްދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީވައެވެ.

ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނަށް ކަނޑުމަތީގައި - ފޮޓޯ: ޕޮލިސް

އަދި މިއޮޕަރޭޝަންގައި މާލޭ ސަރަޙައްދުގައި އޮތް ބޯޓުއްގައިހުރި މީހަކު ބަލާ ފާސްކޮށްފައިވާނެކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. ނަމަވެސް މިމީހާއާއި ބެހޭ މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ