ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ނުކުތް މީހާ - ފޮޓޯ: ވަގުތު

ދީނަށް ފުރައްސާރަކުރި މީހާގެ ބަންދަށް 15 ދުވަސް

ގދ. ތިނަދޫގައި ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް ތެދުވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، ގދ.ތިނަދޫގައި ދީނަށް ފުރައްސާރަކޮށް މީސްމީޑިއާގައި ލިޔާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

ދީނަށް ފުރައްސާރަކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކުރިިިއިރު، އޭނާއަށް އިންޒާރުދިން މައްސަލަވެސް ފުލުހުން ވަނީ ބަލަން ފަށާފައެވެ.

ގދ. ތިނަދޫއިން ދީނަށް ފުއްސާރަކޮށްގެން އިއްޔެ ޙައްޔަރުކޮށްފައިވަނީ ރުޝްތަމް ނަމަކަށްކިޔާ ފިރެހެނެކެވެ. އޭނާއަކީ މީގެ ކުރިންވެސް އިސްލާމްދީނާއި ހިލާފު ވާހަކަތައް މީސްމީޑިއާގެ އެކިއެކި ވަސީލަތްތަކުގައި ލިޔެ ޝާއިއުކުރަމުންދާ ފަރާތެކެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ އިރު އެ ރަށުގެ ޒުވާނުންތަކެއް ވަނީ އޭނައާއި ދެކޮޅަށް ނުކުންނަށް ތައްޔާރުވެފައެވެ.

ރާއްޖޭގައި މަދުންނަމަވެސް އިސްލާމު ދީނާއި ދެކޮޅު ވާހަކަތައް ދައްކާ އަދި ދީނަށް ފުރައްސާރުރާ މީހުން ދަނީ އުޅެމުންނެވެ. އަދި ދީނާ ދެކޮޅު ވާހަކަތައް ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ދެކެވެމުންވެސް ދެއެވެ.

މީގެ ކުރިން އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ދިވެހި ބަހުން ލިޔެ ހިންގަމުން ދިޔަ އެފްބީ ޕޭޖްތަކެއްވެސް ފުލުހުން ވަނީ ބްލޮކް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ