މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރުތަކަށް ގުޅުމުގައި ދިމާވި މައްސަލަތައް ހައްލުކޮށްފި ކަމުގައި އެފަރާތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހޮޓްލައިން 119 އަދި 3322111 ނަމްބަރު ފޯނަށް ގުޅުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށް މިއަދު 15:54 ފުލުހުން ވަނީ ވިދަޅުވެފައެވެ. އެހެންކަމުން ކުއްލި ހާލަތެއް ދިމާވެއްޖެނަމަ 9980082/9980081 އަށް ގުޅުމަށް ފުލުހުން ވަނީ އެދިވަޑައިގަންފައެވެ.
ނަމަވެސް ދިމާވި މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ކުރިއެކޭވެސް އެއްގޮތަށް ފުލުހުންގެ ހޮޓްލައިން ނަންބަރުގެ 119 އަދި 3322111 ބޭނުން ކުރެވޭނެ ގޮތަށް ހެދިފައިވާ ކަމުގައި ފުލުހުންވަނީ ވިދާޅުވެފައެވެ.
UPDATE: The issue has been resolved now and our hotlines 119 and 3322111 are now working again.
— Maldives Police (@PoliceMv) September 12, 2019
ކުރިން ވެސް ފުލުހުންގެ ހޮޓްލައިނަށް ގުޅުމުގައި ބައެއް ފަހަރު މައްސަލަތައް ވަނީ ދިމާވެފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އާއްމުގޮތެއްގައި ދިމާވާ މައްސަލަ ހައްލު ކުރެއެވެ.




