ކުޑަކަމުދާ ތަކެތި ލޭކުލައިގައި ހުރުން، އާދައިގެ ކަމެއް ނޫން!

ސިއްހީގޮތުން ކުޑަކަމުދިއުމުގައި މައްސަލަތައް ދިމާވާމީހުން އަހަރެމެންގެތެރޭގައިވެސް ވަރަށްގިނައެވެ. އާއްމުކޮށް އިންސާނުން ދުވާލަަކު ހަ ފަހަރު ނުވަތަ އަށްފަހަރު ކުޑަކަމުދާއިރު، ކުޑަކަމުދިއުމުގައި އާދައިގެނޫންކަމެއް އުޅޭނަމަ އެމީހަކަށް ގިނަފަހަރު އިނގޭނެއެވެ. އޭގެތެރެއިންވެސް މިސާލަކަށް ކުޑަކަމުދާއިރު ލޭ ފެނިއްޖެނަމަ އޭގެ މަާނައަކީ ސިއްހީގޮތުން ސީރިއަސް މައްސަލައެއް އެބަ އުޅޭކަމެވެ. އެހެންކަމުން ކުޑަކަމުދާއިރު ލޭ އައުން މެދުވެރިވާ ސަބަބަކީ ކޮބާ ހެއްޔެވެ؟

ކުޑަކަމުދިއުމުގައި ލޭފެނުމަށް ކިޔާ މެޑިކަލް ނަމަކީ، "ގްރޮސް ހެމަޗުރިއާ"އެވެ. މި މައްސަލަހުރެއްޖެނަމަ އާއްމުކޮށް ކުޑަކަމުދާއިރު، ކުޑަކަމުދާތަކެތި ހުންނާނީ، ފިޔާތޮށި، ރަތް ނުވަތަ ބްރައުން ކުލައިގައެވެ. ކުޑަކަމުދާތަކެތި މިއިން ކުލައެއްގައި ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމުކަމެކެވެ.

އަންހެނުންނަށް އާއްމުކޮށް މި މައްސަލަ ދިމާވަނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އުފެދިގެންނެވެ. އެއީ "ޔޫރިނަރީ ޓްރެކްޓް އިންފެކްޝަނެވެ". ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންއަކީ، އަންހެންމީހާގެ ކުރިމަތިފަރާތުން ބެކްޓީރިއާ ވަދެ، ކުޑަކަމުދާތަކެތި އުފައްދާދޭ ނިޒާމާއި(ބެލޭޑަރ) އެކުވުމުން އުފެދޭ އިންފެކްޝަން އުފެދުމެވެ. މިގޮތަށް ބެކްޓީރިއާތައް ބެލޭޑަރ ތެރެއަށް ވަނުމުން ބްލޭޑަރ އަށް ގެއްލުން ލިބި ލޭ އުފެދުމަށް މެދުވެރިވަނީއެވެ. އަވަސް އަވަހަށް ހީސްލަވައިގަންނަމަވެސް، ވަރަށް ކުޑަކޮށް ކުޑަކަމުދާތަކެތި އައުމަކީ މި އިންފެކްޝަނުގެ އަލާމާތެކެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރުން ލަފާދެއެވެ. އެހެންނޫނީ ލޭގެ ކެންސަރު ޖެހުމަކީ އެކަށީގެންވާކަމެކެވެ.

ޖިމަށް ގޮސް ކަސްރަތުކުރުމުގެ ސަބަބުންވެސް، ކުޑަކަމުދާއިރު ލޭއައުމަކީވެސް ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. އެކަމު މިއީ އާއްމުކޮށް ވަރަށް މަދުބަޔަކަށް ދިމާވާ ކަމެކެވެ. މިހެން ދިމާވުމަށް މެދުވެރިވަނީ، ޖިމަށް ގޮސް ވަރަށް ބުރަކޮށް ނުވަތަ އުނދަގޫ ކަސްރަތުތައްކުރާމީހުންނަށެވެ. އަދި ޖިމަށް ދާ ފުރަތަމަ ދުވަސްކޮޅު ބަރުއެއްޗެހި އުފުލުމަކީވެސް ކުޑަކަމުދާއިރު ލޭއައުމަށް މެދުވެރިވާކަމެވެ. ޑޮކްޓަރުން މައުލޫމާތު ދޭގޮތުގައި މިހެން ދިމާވާން މެދުވެރިވަނީ، ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުން ފެން ހުސްވުމުގެ ސަބަބުން، ބްލޭޑަރ އަށް ގެއްލުން ލިބި އަނިޔާވުމުގެ ސަބަބުންނެވެ.

ކިޑްނީގައި އިންފެކްޝަން އުފެދުމަކީވެސް ކުޑަކަމުދާއިރު މި މައްސަލަ ދިމާވާކަމެކެވެ. މިއީވެސް "ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން" ޒާތުގެ އިންފެކްޝަނެކެވެ. މިއީވެސް ކުރިމަތިފަރާތުން ބެކްޓީރިއާ ވަދެ، ކުޑަކަމުދާތަކެތި އުފައްދާދޭ ނިޒާމާއި(ބެލޭޑަރ) އަދި ކިޑްނީއަށް ބެކްޓީރިއާ ވާސިލުވުމުން ދިމާވާ ކަމެކެވެ. އަދި އަވަސް އަވަހަށް ހީސްލަވައިގަތުމަކީވެސް މިކަމުގެ އަލާމާތެކެވެ. ހަމައެހެންމް ކުޑަކަމުދާތަކެތިން ދުވާ ވަސް ގަދަވުމަކީވެސް މިކަމުގެ އަލާމާތްތަކުތެރޭގައި ހިމެނޭކަމެކެވެ.

މީގެ އިތުރުންވެސް، ކިޑްނީގައި ހިލަ އުފެދުމާއި، ބޭނުންކުރާ ބޭސްތަކުގެ އިތުރުން ބައެއް ބާވަތުގެ ކެންސަރުޖެހުމުންވެސް ކުޑަކަމުދާތަކެތީގައި ލޭ އުފެދުމަކީ ދިމާވެދާނެކަމެކެވެ. އެހެންކަމުން މިއީ އާދައިގެ ކަމަކަށް ނުބަލާ، ކުޑަ ކަމުދާތަކެތިން ލޭ ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ