ސިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ އައިޓީ މުވައްޒަފުން ތަމްރީންކޮށްފި

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލަން ހުރިހާ ހޮސްޕިޓަލްތަކުގެ އައިޓީ މުވައްޒަފުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

ޑަބްލިއުއެޗްއޯގެ އެހީގައި މި މަހުގެ 8 އިން 12 އަށް ކުލިކް ކޮލެޖާއި ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައި މިއަދުވަނީ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.

މިޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްލުރާ ނެޓްވޯކަށް ހޮސްޕިޓަލްތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީންކުރުންކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި މިޕްރޮގްރާމްގައި ހޮސްޕިޓަލުތަކާއި މަރުކަޒުތަކުގެ ޚިދުމަތްތައް ހަރުދަނާކޮށް ދުވަހުން ދުވަހަށްދޭ ޚުދުމަތްތައް މެދުކެނޑުނަ ނުދީ ކުރިއަށް ގެންގޮސް މައްސަލަތައް ދިމާ ނުވާ ގޮތަކަށް ސިސްޓަމް ބައްޓަން ކުރުމަށް ދަސްކޮށްދީފައިވާއިރު، ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތުވެސް މިޕްރޮގްރާމްގެ ބައިވެރިންނަށް ކިޔައި ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ