ބާސެލޯނާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާން ފައްޓައިފި

ސްޕެއިންގެ ޗެމްޕިއަން ފުޓްބޯލް ކްލަބު ބާސެލޯނާގެ ފަރިތަކުރުންތަކުގައި އެކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ބައިވެރިވާން ފައްޓައިފިއެވެ.

ޕްރީ ސީޒަންގައި ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައިހުރި މެސީ، މިހާތަނަށް މިސީޒަންގައި ބާސެލޯނާއިން ކުޅުނު އެއްވެސް މެޗެއްގައި ފެނިފައެއް ނުވެއެވެ.

ބާސެލޯނާގެ ކުރިއަށްއޮތް މެޗަކީ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ޑޯޓުމުންޑާއި ދެކޮޅަށް ނުކުންނަ މެޗެވެ. އެހެންކަމުން އާދިއްތަ ދުވަހު ބާސެލޯނާގެ ޓްރެއިނިންގއަށް ނުކުތް މެސީ ޑޯޓުމުންޑު މެޗުގައި ފެނުންވެސް އެކަށީގެންވެއެވެ. ނަމަވެސް ކްލަބުން އެކަން ޔަޤީންކޮށްދީފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގައި ޑޯޓުމުންޑާއި ދެކޮޅަށް ބާސެލޯނާއިން ނުކުންނާނީ މާދަމާ ރޭ 12:00 ގައެވެ.

ބާސެލޯނާއިން އާ އުންމީދަކާއިއެކު ޗެމްޕިއަންސް ލީގަށް މާދަމާ ރޭ ނުކުންނައިރު، ލަލީގާގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، އެއްމެޗުން ބަލިވެ އަނެއް މެޗުންވަނީ އެއްވަރުވެފައެވެ. އަދި މިހާތަނަށް ލިބުނު ޖުމްލަ 7 ޕޮއިންޓާއެކު ބާސެލޯނާއޮތީ ލަލީގާ ތާވަލްގެ ފަސްވަނައިގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ