ޑޯޓުމުންޑާއި ދެކޮޅަށް ނުކުންނަ ބާސެލޯނާ ޓީމުގައި މެސީ ހިމަނައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ޑޯޓުމުންޑާއި ދެކޮޅަށް ނުކުންނަ ބާސެލޯނާގެ ޓީމުގައި ކެޕްޓަން ލިއޮނަލް މެސީ ހިމަނައިފިއެވެ.

ފަސް ފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ ބާސެލޯނާގެ އެންމެ އިތުބާރު ފޯވާޑު މެސީއަށް ޕްރީ ސީޒަންގައި ލިބުނު އަނިޔާއަކާއި ގުޅިގެން މިސީޒަންގެ އެއްވެސް މެޗެއްގައި އޭނާ ޓީމުގައި ހިމަނާފައެއްނުވެއެވެ.

މިދިޔަ އޮގަސްޓް 25 ވަނަ ދުވަހު ރެއަލްބެޓިސްއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ ފެންނާނެކަމަށް މީގެކުރިން އަޑުފެތުރު ނަމަވެސް، އަނިޔާ ރަނގަޅު ނުވުމުން މެސީވަނީ އިތުރު ދެތިން ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކޮށްފައެވެ.

އުމުރުން 32 އަހަރު މެސީ ބާސެލޯނާގެ ފަރިތަކުރުންތަކުގައިވެސް މިހާރުވަނީ ބައިވެރިވާން ފައްޓާފައެވެ. އެހެންނަމަވެސް ޑޯޓުމުންޑާއި ދެކޮޅަށް މެސީ ކުޅޭނެކަން އެކްލަބުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގު 2019/20 މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، ޑޯޓުމުންޑާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަނޑިން 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ