ބައްޕަގެ ވީޑިއޯއާއެކު ރޮނާލްޑޯއަށް ރޮވިއްޖެ

ޓީވީ އިންޓަރވިއުއެއްގައި ދެއްކި ރޮނާލްޑޯގެ ބައްޕަގެ ވީޑިއޯއަކާއެކު އޭނާއަށް ރޮވިއްޖެއެވެ.

ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މިއިންޓަރވިއުގައި ރޮނާލްޑޯއަށް ދެއްކި ވީޑިއޯގައި ފެނިގެންދަނީ އޭނާގެ ބައްޕަ ޖޯސޭ ޑިނިސް އަވޭރިއޯ، ރޮނާލްޑޯއާއި ބެހޭ ގޮތުން ވާހަކަ ދައްކާ މަންޒަރެވެ. ރޮނާލްޑޯއާމެދު އޭނާގެ ބައްޕަ ފަޚުރުވެރިވާވަރު އެވީޑިއޯގައި އޭނާގެ ބައްޕަވަނީ ކިޔައިދީފައެވެ.

ރޮނާލްޑޯގެ ބައްޕަ ލިވަރ ފެއިލްވެ މިދުނިޔެއިން ވަކިވެފައިވަނީ ރޮނާލްޑޯގެ އުމުރުން އެންމެ 20 އަހަރެވެ. ބައްޕަ މަރުވިއިރު ބައްޕަގެ އުމުރަކީ 52 އަހަރެވެ.

"އަހަރެން މިވީޑިއޯއެއް އަދި ނުދެކެން. އާޢިލާއަށް ދައްކަން މިވީޑިއޯ އަހަރެން ބޭނުން." ރޮމުން ރޮމުން ރޮނާލްޑޯ ބުންޏެވެ.

މީގެއިތުރުން ރޮނާލްޑޯ ބުނީ، ބައްޕަގެ ދުނިޔޭގައި އޭނާއާއި ދެމެދު މާގިނަ ވާހަކަތަކެއް ނުދެކެވޭކަމަށާއި، ބައްޕައަކީ ގިނަ ވަގުތު ރަލުން މަސްތުގައި ވަގުތުތައް ހޭދަކުރާ މީހެންކަމުން ބައްޕައާދެމެދު އޮތީ ވަރަށް ދުރު ގުޅުމެއްކަމަށެވެ.

ރޮނާލްޑޯގެ ބައްޕަ މަރުވެފައިވަނީ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނުތާ މަދު އަހަރުތަކެއްގެ ތެރޭގައެވެ. އެހެންކަމުން ރޮނާލްޑޯ ޙަޔާތުގައި ހޯދާފައިވާ ގިނަ ކާމިޔާބީތައް އޭނާގެ ބައްޕައަށް ފެނިފައެއްނުވެއެވެ. އޭގެތެރޭގައި ރޮނާލްޑޯ ކާމިޔާބުކުރި ފަސް ޗެމްޕިއަންސް ލީގާއި، ފަސް ބެލެންޑޯގެ އިތުރުން ޕޯޗުގަލްއާއެކު ކާމިޔާބުކުރި ޔޫރޯ ވެސް ހިމެނެއެވެ.

"ބައްޕައަށް އަހަރެން ހޯދި ގިނަ ކާމިޔާބީތަކެއް ނުފެނު. އަހަރެންގެ ޢާއިލާއަށް ފެނުނު، މަންމައަށް، ބޭބެއަށް އަދި އަހަރެންގެ އެންމެ ދޮށީ ދަރިއަށްވެސް ފެނުނު، އެކަމު އަހަރެންގެ ބައްޕައަށް އަހަރެންގެ މިކާމިޔާބީތަށް ފެނުމުގެ ނަޞީބު ނުލިބުނު." ދެރަވެފައިހުރި ރޮނާލްޑޯ ބުންޏެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ