މާލޭގައި ހުންނަ ފަލާހް ޕްރީސްކޫލުން ވައްކަން ކުރަން އުޅުނު މީހާ އަދި ހައްޔަރު ކުރެވިފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ފަލާހް ޕްރީސްކޫލުން ވައްކަން ކުރަން އުޅުނު މައްސަލަ މިއަދު ހެނދުނު 06:32 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
"އެހެންނަމަވެސް އެއްވެސް އެއްޗެއް ވަގަށް ނެގިފައެއް ނުވޭ، މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއްވެސް ނުވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



