ދޮށީގެ މަސްވެރިކަމުން ބާނާ މަސް ގަތުމުގެ ފުރުޞަތު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް

ދިވެހިރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުޞަތު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލުން ހުޅުވާލަން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި ނިންމުމާއެކު އިކޮނޮމިކް މިނިސްޓްރީގައި އެސްއެމްއީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީން ދޫކުރާ "ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މަސް ގަތުމުގެ ލައިސަންސް" އަލުން ދޫކުރުމުގެ މަސައްކަތް އެ މިނިސްޓްރީން އިއާދަކޮށްފައިވާ ކަމަށެވެ.

"މި ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް، ލޯކަލައިޒް ކޮށްފައިވާ ކަލެކްޓަރ ބޯޓުފަހަރަށާއި، ޝޯބޭސްޑް ފެިސިލިޓީތަކަށް މަސް ގަތުމަށް ނުވަތަ މަސް ގަންނަ ކުންފުނިތަކުން މަސް ގަނެގެން އުޅަނދުފަހަރުގައި އެކްސްޕޯޓްކުރުމަށް." ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ އެކްސްޕޯޓް ކުރުމުގެ ޝައުގުވެރިކަން ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން، މަސް ގަތުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެދި ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ރިސެޕްޝަނުން ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ