ގައިން ގަޔަށް ނާރާ ބަލިތަކަށް އަޙުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ގައިންގަޔަށް ނާރާ ބަލިތަށް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާގުޅިގެންޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައްޔާއި، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ރާއްޖޭގައިކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ދިމާވާ ދަތިތައް ދެނެގަނެ ގައިންގަޔަން ނާރާ ބަލިތައް ކޮންޓްރޯލް ކޮށް ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ މަޤްޞަދުގައި މި މަހުގެ 17 ން 19 އަށް " ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުން" މި ނަމުގައި 3 ދުވަހުގެ ބައްދަލުވުމެއް މާލޭގައި ބާއްވައިފިއެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ހެލްތް ވޯކަރުން، މެނޭޖަރުން އަދި ޑޮކްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި، ރާއްޖޭގެ ހުރިހާ އަތޮޅަކުންނާއި މާލޭ ސަރަޙައްދުގެ ސިއްޙީ ޙިދުމަތްދޭ ބައެއްތަންތަން ހިމެނޭހެން ޖުމްލަ 50 ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވެފައިވާކަމަށް ހެލްތު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ގައިންގަޔަށްނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް މިފަދަ ބަލިތަކާ ޞިއްޙަތާ ބީރައްޓެހި އާދަތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުންދަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގައި ކަނޑައެޅިފައިވާ އަމާޒުތަކާއި ގުޅުވައިގެން، އެ އަމާޒުތަކަށް ވާޞިލުވުމަށްތަކައި، ގައިނަގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭންއެއް އެކުލަވާލައި 2016 އިންފެށިގެންދަނީ ތަންފީޒު ކުރެވެމުންދާއިރު، މިޕްލޭން މި އަހަރު މުރާޖަޢާ ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ހެލިފެލިވެއުޅުމާ ކަސްރަތަށް މަގުފަހި ކުރުމަށް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި "އައުޓްޑޯރ ޖިމް" ދަނީ ޤާއިމުކުރެވެމުންނެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ސެޒޭޝަންގެ ޚިދުމަތް ވަނީ ފެށިފައެވެ . މީގެއިތުރުން ސިނގިރޭޓާ ބިޑި ވަކިވަކިން ވިއްކުން މަނާކޮށް، ފޮޓޯ ޖެހި އިންޒާރުވަނީ ތަޢާރަފު ކުރެވިފައެވެ. ދުޅަހެޔޮ ކާނާ ގެ މަޢުލޫމާތާ، އެފަދަ ކާނާ ތައްޔާރުކުރާނެގޮތުގެ މަޢުލޫމާތުވެސް ވަނީ، ފަސޭހައިން ލިބޭނެހެން ޢާއްމު ކުރެވިފައެވެ.

މީގެއިތުރުން މިނިސްޓްރީން ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުމަށް ސްކްރީން ކުރމާއި، ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލުކުރާނޭ އުޞޫލުތައް އެކަށައަޅާ ބައެއް އަތޮޅުތަކުގައި މި އުޞޫލާ އެއްގޮތަށް ޢަމަލުކުރަންވަނީ ފަށާފާކަމަށެވެ.

މިބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި، ޞިއްޙީ މަރުކަޒުތައް އިސްކޮށް ހިންގުމަށް އަލަށް ޙަވާލުވި ބައެއް ފަރާތްތައްވެސް ހިމެނޭތީ، މި ފަދަ މަޢުލޫމާތުތަކަށް އެފަރާތްތައް އަހުލުވެރިކުރުމަކީ، އެ މަރުކަޒުތަކުން ކުރިއަށްގެންދާ ކަންކަން ހަރުދަނާވެ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވާނޭކަމެއްކަމުގައި އެމިނިސްޓްރީން ދެކެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ