ބާސެލޯނާއިން 1 ބިލިއަން ޔޫރޯގެ ފައިދާއާއެކު ރެކޯޑު ބަޖެޓެއް އިޢުލާންކޮށްފި

ސްޕެއިންގެ ބާސެލޯނާއިން މިހިނގާ ސީޒަނަށް ލަފާކޮށް 1 ބިލިއަން ޔޫރޯގެ ފައިދާއާއެކު ރެކޯޑު ބަޖެޓެއް އިޢުލާންކޮށްފިއެވެ.

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ކްލަބުތަކުގެ ތެރޭގައި ހިމެނޭ ބާސެލޯނާއިން އެކްލަބުން ކުރިއަށް އޮތް ސީޒަނަށް ލަފާކުރާ ބަޖެޓް އިޢުލާންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިބަޖެޓްގައިވާ ގޮތުން މިހިނގާ ސީޒަނުން ބާސެލޯނާއަށް ފައިދާގެ ގޮތުގައި 1،047 މިލިއަން ޔޫރޯ ލިބޭނެއެވެ.

ބާސެލޯނާގެ ސީއީއޯ އޮސްކާ ގްރައޫއާއި ނައިބު ރައީސް އެންރީކޭ ޓޮމްބަސް ހުށަހެޅި ބަޖެޓް ފާސްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު 6 ވަނަ ދުވަހު ބާއްވާ ޖެނެރަލް އެސެމްބްލީގައެވެ.

2011-12 އިން ފެށިގެން ކޮންމެ އަހަރަކުވެސް ފައިދާވަމުން އަންނަ ބާސެލޯނާއަށްވަނީ މިދިޔަ ސީޒަންގައި 5 މިލިއަން ޔޫރޯގެ ފައިދާއެއް ލިބިފައެވެ. އެހެންކަމުން މިސީޒަނަށް ބާސެލޯނާއިން ލަފާކޮށްފައިމިވަނީ އެދަދުގެ ދެގުނައިގެ ފައިދާއެކެވެ.

"އަހަރެމެންގެ އިސްކަންދެނީ އަބަދުވެސް ވަރުގަދަ ޓީމެއް ކްލަބުގައި ބޭއްވުންކަމަށްވާއިރު، ކްލަބަށް ކާމިޔާބީ ހޯދައިދޭ ކުޅުންތެރިން ކްލަބުގައި ބަހައްޓާފައި، ވިއްކަނީ ކްލަބަށް ކާމިޔާބީ ހޯދައިނުދެވޭ ކުޅުންތެރިން. އަދި ބާސެލޯނާއަކީ ކުޅިވަރު ކްލަބެއްކަމުން އަބަދުވެސް ވިސްނަނީ ކާމިޔާބީއަކަށް ވާޞިލްވެވޭނެފަދަ ކުޅުންތެރިން ކްލަބުގައި ހިމެނުމަށް." ބަޖެޓް އިޢުލާންކުރި ޖަލްސާގައި ވާހަކަ ދައްކަމުން ބާސެލޯނާގެ ސީއީއޯ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ