ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ކާމިޔާބު ފެންޓަސީ/އެކްޝަން ފިލްމް "ލޯޑް އޮފް ދަ ރިންގްސް" ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އުޅޭކަމުގެ ވާހަކަތައް ދެކެވޭތާ ގިނަދުވަސްތަކަކަށްވެފައިވާއިރު، ސީރީޒް ގެނެސްދޭ އެމޭޒެން ސްޓޫޑިއޯއިން ފިލްމްގެ ޝޫޓިންކުރިއަށްގެންދާނީ ނިއުޒިލެންޑްގައި ކަމަށް އެ ސްޓޫޑިއޯއިން ހާމަކޮށްފިއެވެ.
މި ސީރީޒްއާއި ބެހޭގޮތުން މާ ގިނަ މައުލޫމާތުތަކެއް މިހާތަނަށް ހާމަކޮށްފައިނުވީނަމަވެސް، ފިލްމްގެ މަންޒަރުތައް ނަގާނެ ލޮކޭޝަން ހާމަކުރުމަކީ ސީރިޒްގެ މަސައްކަތް ވަރަށް އަވަހަށްފަށަން ތައްޔާރުވަމުންއަންނަ ހެއްކެކަމުގައިބެލެވެއެވެ.
"ލޯޑް އޮފް ދަ ރިންގްސް" ގެ ފިލްމްތައް އަދި "ދަ ހޮބިޓްސް" ވެސް ޕީޓާ ޑައިރެކްޓްކޮށްދީފައިވާއިރު، މި ފިލްމްގެ މަންޒަރުތައްވެސް ނަގާފައިވަނީ ނިއުޒިލެންޑްގައެވެ. "ލޯޑް އޮފް ދަ ރިންގްސް" ސީރީޒް ގެނެސްދޭފަރާތްތަކުން ސީރީޒްގެ މަންޒަރުތައް ނަގަން ނިއުޒިލެންޑްއަކީ ފުރިހަމަ ލޮކޭޝަންއެއކަމަށް މީގެ ކުރިންވެސް ވަނީ ބުނެފައެވެ.
"ލޯޑް އޮފް ދަ ރިންގްސް" ގެ ސިލްސިލާ ތިން ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، ފުރަތަމަ ފިލްމްފެލޯޝިފް އޮފް ދަ ރިންގްސް ރިލީޒްކޮށްފައިވަނީ 2001 ވަނަ އަހަރުއެވެ. އަދި އޭގެފަހުން ދަ ޓޫ ޓަވާޒް (2002) އަދި ދަ ރިޓާން އޮފް ދަ ކިންގް (2003) ގެނެސްދީފައިވެއެވެ.
މި ފިލްމްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު، މި ފިލްމްގެ ތެރެއިން "ހޮބިޓްސް" ގެ ނަމުގައި ދެ ފިލްމެއް ވަނީ މިހާތަނަށް ގެނެސްދީފައެވެ.




