"ދަން ވިތް ދަ އެނިވާރސަރީ" ގެ ނަމުގައޮ ފްރެންޑްސްގެ ހާއްސަ މެރެތޯނެއް!

ދުނިޔޭގެ ޓީވީ ސިލްސިލާގެ ތާރީހުގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެމެރިކާގެ ޓީވީ ޝޯ "ފެރެންޑްސް" އަށް 25 އަހަރު ފުރުމުގެ ރިހި ރަންޔޫބީލް މިއަދު ފާހަގަކުރާއިރު، ފްރެންޑްސް ގެ ފޭނުންނަށް ހާއްސަކޮށްގެން "ދަ ވަން ވިތް ދަ އެނިވާރސަރީ"ގެ ނަމުގައި ހާއްސަ އެޕިސޯޑުތަކެއް ބޮޑު ސްކްރީނުގައި އަޅުވާނެއެވެ.

ފްރެންޑްސްގެ 25 އެނިވާރސަރީއާ ދިމާކޮށް ފްރެންޑްސްގެ މެރެތޯންއެއް ދެއްކުމަށް ހަމަޖެހިފައިވާކަމުގެ ވާހަކަތެއް މީގެ ކުރިންވެސް ދެކެވިފައިވާއިރު، މިއަދުން ފެށިގެން 3 ދުވަހަކަށް ބަހާލައިގެން މި އެޕިސޯޑުތައް ދެއްކުމަށްވަނީ މިޙާރު ރޭވިފައިކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

އެގޮތުން "ދަ ވަން ވިތް ދަ އެނިވާރސަރީ" މި އެޕިސޯޑުގައި އާ މަންޒަރުތަކެއްވެސް ހިމޭކަމަށް ހަބަރުތަކުން މައުލޫމާތު ލިބޭއިރު، މި އެޕިސޯޑު އެމެރިކާގެ ތިއޭޓާތަކުގައި އަޅުވާނީ ސެޕްޓެމްބަރު 22، 28 އަދި އޮކްޓޯބަރު 2 މި 3 ދުވަހުއެވެ. އަދި މިއިން ކޮންމެ ރެއެއްގައި ސީރީޒް ތަފާތު 4 އެޕިސޯޑެއް ދައްކާނެކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިރޭ ތިއޭޓަރ ތަކުގައި ދައްކާނީ، ސީރީޒްގެ ޕައިލެޓް އެޕިސޯޑު، "ދަ ވަން ވިތް ދަ ބްލެކްއައުޓް"، "ދަ ވަން ވިތް ދަ ބާތް" އަދި "ދަ ވަން ވެއާ ރޮސް ފައިންޑްސް އައުޓް" މި އެޕިސޯޑުތަކެވެ.

މިހާތަނަށް ދުނިޔޭގެ ޓީވީ ސިލްސިލާ ތާރީހުގައި ދެއްކި އެންމެ މަގުބޫލު "ފްރެންޑްސް"ގެ އެންމެ ހާއްސަ އެއްކަމަކީ، އެ ސީރީޒްގެ ރޯލުތައް އަދާކޮށްފައިވާ ތަރިންނެވެ. މިއަދު އެ ތަރިންނަކީ އެމީހުންގެ އަސްލު ދިރިއުޅުމުގައިވެސް ބެސްޓް ފްރެންޑްސް ނުވަތަ ވަރަށް ގާތް ރަހުމަތްތެރިންނެވެ. މި ޝޯގެ ތަރިންނަކީ، ޖެނިފާ އެނިސްޓަން، ލީސާ ކުޑްރޯ، ކޯޓްނީ ކޮކްޒް، މެތިއު ޕެރީ، މެޓް ލެބްލެންކް، އަދިޑޭވިޑް ޝްވިމާއެވެ.

އެގޮތުން ޝޯއަށް 25 އަހަރު ފުރުން ފާހަގަކުރާއެކު، މި ތަރިންގެ އެކްޓިން ކެއިއަރުގައިވެސް މި ޝޯ ޙާއްސަވާއިރު، މި ތަރިން ވަނީ އެމީހުން އިންސްޓަގްރަމް އެކައުންޓްގައި ޝޯއަށް 25 އަހަރު ފުރުން ފާހަގަކޮށް ޕޯސްޓެއްވެސް ކޮށްފައެވެ.

މިއަދު ފްރެންޑްސްއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ފަރާތްތަކަކުން ދަނީ ތަފާތު ކަންތައްތައްކުރަމުންނެވެ. އެގޮތުން މަޝްހޫރު ފެޝަން ކުންފުންޏެއްކަމުގައިވާ "ރަލްފް ލޮރެން" އިން ވަނީ ދާދިފަހަކުނ ރޭޗަލް ގެ ހެނދުންތަކުގެ ޑިޒައިނާ އެއްގޮތަށް ހެނދުންތަކެއްވެސް ނެރިފައެވެ.

1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމަ އަށް ގެނެސްދިން “ފްރެންޑްސް” ގެ 10 ސީޒަން ދައްކާފައިވާ މި ސިރީޒްގެ މަޤްބޫލުކަމަށް އަދިވެސް ފަނޑުކަމެއް އައިސްފައިނުވާއިރު މިއީ ދިވެހި ޒުވާނުންގެ މެދުގައިވެސް މަޤުބޫލު ސީރީޒްއެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ