އައްޑޫސިޓީގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރުން ވަގަން ނެގި އެ އޮފީހުގެ ތިޖޫރީ ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ ފަސްވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީ ބިޒްނަސް ސެންޓަރުން ވަގަށް ނެގިކަމަށް ބެލެވޭ ތިޖޫރީ ފެނުނީ، އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލު ފުއްޓަރު ފަރާތު ވަލުތެރެއިން ކަމަށެވެ.
އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ނުވާއިރު، ތިޖޫރީ ފެނުނުއިރު އެ ތިޖޫރީ ވަގަށް ނެގިއިރު ހުރި ބައިލައްކައަށްވުރެ ގިނަ ރުފިޔާއަށް ވީގޮތެއްވެސް ފުލުހުން މިހާތަނަށް ވިދާޅެއް ނުވެއެވެ.
އެ ސަރަހައްދު ބަލާ ފާސްކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ތިޖޫރީތައް ވަގަށް ނެގުން އާއްމުވަމުންދާއިރު، އައްޑޫ އިކޮނޮމިކް މިނިސްޓްރީ އޮފީސް ތިޖޫރީގެ އިތުރުންމިދިޔަ ހަފްތާގައި ގއ. މާމެންދޫ ކޯޓުގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެތަނަށްވަދެ ތިޖޫރީއެއް ވަނީ ވަގަށް ނަގައިފަ އެވެ. މީގެ އިތުުން ރ. މާކުރަތުގައި ހުންނަ ތިން މުވައްސަސާއެއްގެ ތިޖޫރީވެސް ވަނީ މީގެ ދެ ހަފްތާ ކުރިން ވަގަށް ނަގައިފައިވެއެވެ.



