މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހު ރާއްޖެ ޒިޔާރާތްކޯށްފައިވަނީ 139،338 ފަތުރުވެރިންނެވެ. އެއީ ފާއިތުވި އަހަރާއަޅާ ބަލާއިރު %12.4 ގެ ކުރިއެރުމެކެވެ.
2019 އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 1،134،071 ފަތުރުވެރިންނެވެ. އެއީ ފާއިތުވި އަހަރާ އަޅާ ބަލާއިރު %16.6 ގެ ކުރިއެރުމެކެވެ.
2019 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެމެރިކާ ބައްރުން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އިންސައްތަ 2018 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %25.5 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ހަމަ އެހެންމެ މި މުއްދަތުގައި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު %15.6 އިންސައްތަ ވަނީ ކުރިއަރާފައެވެ.
ހުސްވި މަހު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އެއީ 59،208 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އޭސިއާ އަދި ޕެސިފިކްގެ ޤައުމުތަކުންނެވެ.
ހުސްވިމަހު ފަތުރުވެރިން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ ޗައިނާ މާކެޓުންނެވެ. ދެވަނައިގައި އިންޑިއާ މާކެޓް އުޅޭ އިރު ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ އިޓަލީ މާކެޓުންނެވެ.
2019 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓްރީ ކުރެވިފައިވަނީ 49،731 އެނދެވެ. މީގެ ތެރެއިން އޮގަސްޓްމަހުގެ ނިޔަލަށް އެވްރެޖްކޮށް 46،145 އެނދު އޮޕަރޭޓް ކޮށްފައިވެއެވެ.



