"ކަހޯނާ ޕިޔާރުހޭ"އަށްފަހު ތިރީސްހާހަށްވުރެ ގިނަ ކައިވެނީގެ ޕްރޮޕޯސަލް ލިބުނު - ރިތިކް

2000 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމް "ކަހޯނާ ޕިިޔާރު"ހޭ ރިލީޒްކުރުމާއެކު އަންހެންކުދިންގެ ފަރާތުން ތިރީސް ހާހަށްވުރެ ގިނަ ކައިވެނީގެ ޕްރޮޕޯސަލް ލިބުނު ކަމަށް ފިލްމްގެ ލީޑު އެކްޓަރު "ރިތިކް ރޯޝަން" މިވަނީ ބުނެފައެވެ. ކަހޯނާ ޕިޔާރުހޭއަކީ ރިތިކް ބޮލީވުޑްއަށް ތައާރަފްވި ފުރަތަމަ ފިލްމެވެ.

ރިތިކް މިހެން ބުނެފައިމިވަނީ، އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ ކަޕިލް ޝަރުމާ ޝޯގައި، ރިތިކްގެ ފުރަތަމަ ފިލްމް ކަހޯނާ ޕިޔާރުހޭގެ ވާހަކަ ހިއްސާކުރުމުގެ ތެރެއިންނެވެ. މި ޝޯގައި އޭނަ ބައިވެރިވެފައިވަނީ، އާނަގެ ކުރިއަށް އޮތް ފިލްމް "ވާ" ޕްރޮމޯޓް ކުރުމުގެ ތެރެއިންނެވެ.

ރިތިކް ބޮލީވުޑްއަށް ތައާރަފްވުމާއެކުހެން ހަމަ އެހަރު ރިތިކް ވަނީ އޭނަގެ ކުރީގެ އަނބިމީހާ ސުޒާން ޚާނާއާ ކައިވެނިކޮށްފައެވެ. މި ދެމީހުންގެ 17 އަހަރުގެ ގުޅުން މިހާރު މެދުކެނޑިފައިވާއިރު، މިދެމީހުންނަށް ދެފިރިހެން ކުދިން ލިބިފައިވެއެވެ. އެއީ ރިދާންއާއި ރިހާންއެވެ.

ދުނިޔޭގެ އެންމެ ރީތި ފިރިހެނުންގެ ލިސްޓުގެ ކުރީގައިވެސް ހިމެނިފައިވާ ރިތިކްއަކީ ބޮލީވުޑްގައި މިވަގުތު އެންމެ މަޤުބޫލު އެއް އެކްޓަރެވެ.

ރިތިކްގެ ފުރަތަމަ ފިލްމް "ކަހޯނާ ޕިޔާރު ހޭ" އަށް ދާދިފަހަކުން ވަނީ، އައިފާ އެވޯޑްސްގައި ވޭތުވެދިޔަ 20 އަހަރުތެރޭގައި ނުކުތް އެންމެ މޮޅު ފިލްމްގެ އެވޯޑުވެސް ލިބިފައެވެ.ެ

އެންމެ ފަހުން "ސުޕަރ 30" އިން ރިތިކް ފެނިގެންގޮސްފައިވާއިރު، ރިތިކްގެ ކުރިއަށް އޮތް ފިލްމް "ވާ" ގައި އޭނައާއެކު ފިނިގެންދާނީ ޓައިގާ ޝްރޮފްއެވެ. މި ފިލްމްގެ ޓްރެއިލާ ދައްކާލި ހިސާބުން މިއީ މިއަހަރު ނުކުންނާނެ އެންމެ ވަރުގަދަ ފިލްމްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ