ބާސެލޯނާގެ ހުށަހެޅުމަށް ޕުޔޯލް ނޫނެކޭ ބުނެފި

ބާސެލޯނާއިން ހުށަހެޅި ޖެނެރަލް މެނޭޖަރުގެ މަޤާމަށް ކުރިން އެކްލަބަށް ކުޅުނު ކާލްސް ޕުޔޯލް ނޫނޭކޭ ބުނެފިއެވެ.

އުމުރުން 41 އަހަރުގެ ޕުޔޯލް 2014 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާވަނީ ބާސެލޯނާއަށް 593 މެޗު ކުޅެދީފައެވެ.

ބާސެލޯނާގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުރި ޕެޕް ސެގުރާ މިދިޔަ ހޫނު މޫސުމުގައި މަޤާމުން އިސްތިޢުފާ ދިނުމާއި ގުޅިގެން ހުސްވެފައިވާ މިމަޤާމަަށް ޕުޔޯލް ގެންނަން ބާސެލޯނާއިން ނިންމިއެވެ.

"ވަރަށް ވިސްނުމަށްފަހު ބާސެލޯނާގެ ހުށަހެޅުން ޤަބޫލުނުކުރަން އަހަރެން ނިންމައިފިން." ޓްވިޓާ މެދުވެރިކޮށް ޕުޔޯލް ބުންޏޭވެ.

މީގެއިތުރުން ޕުޔޯލް ބުނީ، މިއީ ފަސޭހަ ނިންމުމެއް ނޫންކަމަށާއި، އަހަރެންގެ ގެ ކަމަށްދެކޭ ބާސެލޯނާއަށް އަންނަން އަބަދުވެސް ބޭނުންވާނަމަވެސް، އަމިއްލަ ގިނަ ޕްރެޖެކްޓްތަކެއް މިވަގުތު ހިންގަމުންދާތީ އެމަޤާމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން ބާސެލޯނާގެ ހުށަހެޅުމަށް ނޫނެކޭ ބުނީކަމަށެވެ.

1999 ން 2014 އަށް ބާސެލޯނާއަށް ކުޅުނު ޕުޔޯލް ކެރިއަރުގައި ބާސެލޯނާ ނޫން އެހެން ކްލަބަކަށް ކުޅެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ