ހަފުޅި ބަނގުރަލާއެކު ހުޅުމާލެއިން ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 2019 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭ 08:50 ހާއިރު ހުޅުމާލެ ލަކުޑި ޖެޓީއަށް ކައިރިކުރި ޑިންގީއަކުން ގެނައި އެއްޗެހިތަކެއް ފުލުހުންނަށް ޝައްކުކުރެވިގެން ދެ މީހަކު ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
"ފުލުހުންނަށް ޝައްކުކުރެވިގެން ދެ މީހަކު ބަލާ ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ 6 ފުޅި ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ އަދި 42 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




