މެޑްރިޑް ޑާބީގައި ތަފާތަކަށް ވާނީ ހަޒާޑު: ޒިދާން

ސްޕެނިޝް ލަލީގާގައި މިރޭ ކުޅުމަށްހަމަޖެހިފައިވާ މެޑްރިޑް ޑާބީގައި ތަފާތަކަށްވާނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެކްލަބާއި ގުޅުނު ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑުކަމަށް ކްލަބުގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

100 މިލިއަން ޔޫރޯގެ ޑީލްއެއްގެ ދަށުން ޗެލްސީ ދޫކޮށް ހަޒާޑު ރެއަލްމެޑްރިޑުއާއި ގުޅުނީ މިދިޔަ ޖޫން މަހުއެވެ. އެހެންނަމަވެސް ސީޒަން ނުފެށެނީސް ލިބުނު އަނިޔާއަކާއި ގުޅިގެން އެނބުރި އަސްލު ފޯމަށް އާދެވިފައިނުވާ ހަޒާޑަށް ރެއަލްމެޑްރިޑަށް އަދި ލަނޑެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

މިރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ޒިދާން ނެރޭ ޓީމުގެ ކުރީގައި ޙަރަކާތްތެރިވާނީ ހަޒާޑާއި، ބެންޒެމާގެ އިތުރުން ބޭލްކަމަށް ބެލެވެއެވެ.

"ރެއަލްމެޑްރިޑުން ހަޒާޑުގަތީ އޭނާގެ ފެންވަރެއްގެ އެނގޭތީ. އޭނާއަށް މެޗުގެ ކޮންމެ ވަގުތެއްގައިވެސް ތަފާތު ދެއްކޭނެ. އެކަންވަނީ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ސާބިތުކޮށްދީފަ." ޒިދާން ބުންޏެވެ.

މީގެ އިތުރުން ޒިދާން ބުނީ، ކްލަބުން ހަޒާޑަށް ފުރިހަމަ ސަޕޯޓާއި އިތުބާރު ކުރާކަމަށާއި، މެޗަކަށްފަހު މެޗެއްގައި ހަޒާޑު ކުޅުން ރަނގަޅުކުރަމުން އަންނައިރު، ކްލަބު ބޭނުންވާފަދަ މޮޅު ކުޅުންތެރިއަކަށް ހަޒާޑު ވެގެންދާނެކަމަށް އުންމީދުކުރާކަމަށެވެ.

ލަލީގާގައި އެތުލެޓިކޯއާއި ދެކޮޅަށް ރެއަލްމެޑްރިޑުން ނުކުންނަ ފޯރި ގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

މިހާތަނަށް ކުޅުނު ހަމެޗުން ލިބުނ 14 ޕޮއިންޓާއެކު ރެއާލްމެޑްރިޑް އޮތީ ތާވަލްގެ އެއްވަނާގައެވެ. އެތުލެޓިކޯ މެޑްރިޑް ދެވަނާގައި އޮތީ ޖުމްލަ 13 ޕޮއިންޓާއެކުގައެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވެ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު އެތުލެޓިކޯއަށް އެބަ އޮތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ