ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ ބަޖެޓާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، ފިނޭންސް މިނިސްޓަރާއި އެކު ކުރި މަޝްވަރާތަކަށް ފަހުއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވަނީ ކިހާއަދަދެއްގެ ފައިސާއެއްކަމެއް ޝަރީފް ހާމަކުރައްވައިފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ބޭއްވުނު ކޮންމެ އިންތިހާބަކީވެސް ހަރަދުބޮޑު އިންތިހާބު ތަކެކެވެ.
2020 vana aharah lafaakura EC ge budget aa gulhey gothun masvara kurevvumah finance minister EC aa badhalukuravvaifi. pic.twitter.com/WyPT9fV3qQ
— Elections Commission (@ElectionsMv) September 19, 2019
އިލެކްޝަން ކޮމިޝަނުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ލޯކަލް ކައުންސިލްގެ އިންތިހާބު އެއްބުރެއްގައި ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. މިހެން މިމަޝްވަރާތައް ކުރަނީ އިންތިހާބުތަކަށް ކުރާ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުންވަނީ އިއުލާން ކޮށްފައެވެ.




