ހދ. ނެއްލައިދޫގެ ޢާއްމު ގޭގޭގެ ފާހާނާގައި ކެމެރާ ހަރުކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ފުލުހުން ދާންވާއިރަށް ފުރައިފިއެވެ.
ފާހާނާގައި ކެމެރާ ހަރުކޮށް ބަޔަކު ވީޑިއޯ ކުރި މައްސަލައިގައި އެދެވޭ ހައްލެއް ނުލިބޭ ކަމަށް ބުނެ އެރަށު އަންހެންވެރިން ވަނީ މިއަދު ހަވީރު ހިމޭން އިހުތިޖާޖެއް ކޮށްފައެވެ.
ދާދި ދެންމެ ފުލުހުން ވިދާޅުވީ، ސުލްހަވެރި އެއްވުމެއް މިއަދު ކުރިއަށް ދިޔަކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި ނުވާކަމަށެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އަންހެނަކު ފާހާނާގައި ހުއްޓާ މީހަކު ވީޑިއޯ ކުރި ކަމަށްބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ފުލުހުން ތަޙްޤީޤަށް އެރަށަށް ދިޔައިރު ތުހުމަތު ކުރެވޭ ފަރާތް އެރަށުން ފުރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ނާޒިމް މިނޫހަށް ވިދާޅުވީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔަކު މިއަދު އެއްވި ކަމަށާއި، އެމީހުންގެ ޝުއޫރުތައް ބޯޑުތަކުގައި ލިޔެފައި ހުރި ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ޝަކުވާއެއް އެ ކައުންސިލަށް ހުށަހެޅިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ (ހިމޭން އިހުތިޖާޖް) މީގެ އެއްރޭ ކުރިން ހިނގާދިޔަ ހާދިސާއަކާ ގުޅިގެން ކަމަށް ބޮޑަށް ބެލެވެނީ. އެކަންތައް އެހިނގީ. އަޅުގަނޑަށްވެސް ފެނުނީ ފޭސްބުކްގައި ޖަހާފައި ހުއްޓާ ތިމަންނަ ގޭގެ ފާހާނާ ވީޑިއޯކުރަންވެގެން އުޅުނު މީހެއްގެ ފައިވާން ކިބައޭ ކިޔާފައި، ފައިވާން ކިބައެއްގެ ފޮޓޯއާއެެކު ޖަހާފައި ހުއްޓާ." ހާދިސާގެ އިތުރު ތަފްސީލު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތުހުމަތު ކުރެވޭ ފަރާތް ހޯދިފައި ނުވާތީ ނެއްލައިދޫ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ހިޔާލު
Bbbb